މައްތާ 25:1 - ކިތާބުލް މުޤައްދަސާ1 ”އެ ހިނދު މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. ދިހަ ބިކުރުވެރި އަންހެންކުދިން އެކުދިންގެ ތެޔޮބައްތިތައް ނަގާ އެ ބައްތިތައް ދިއްލައިގެން އަލަތު ކައިވެނިވާ ފިރިހެނާއާއި ބައްދަލުކުރަން ދިއުމަށް ނުކުތް. အခန်းကိုကြည့်ပါ။ |
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.