މައްތާ 24:9 - ކިތާބުލް މުޤައްދަސާ9 އެ ހިނދު މީސްތަކުން ތިޔަބައިމީހުން ހައްޔަރުކޮށް އަނިޔާދޭނެ. އަދި ތިޔަބައިމީހުން މަރާވެސްލާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ ޤައުމުތަކުގެ މީސްތަކުން ތިޔަބައިމީހުންދެކެ ނަފްރަތު ކުރާނެ. အခန်းကိုကြည့်ပါ။ |
އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.
އެކަމަކު މިހުރިހާ ކަންތައް ވުމުގެ ކުރިން އެމީހުން ކަލޭމެންނަށް އުނދަގޫތައް ކޮށް އަނިޔާތައް ދޭނެ. އެމީހުން ކަލޭމެން ދީނީ މަރުކަޒު ތަކަށާއި ޖަލުތަކަށް ގެންދާނެ. އެމީހުން ކަލޭމެން ރަސްކަލުންނާއި ގަވަރުނަރުންގެ ކުރިމައްޗަށް ގެންދާނެ. މިހުރިހާ ކަމެއް ވެސް އެމީހުން ކަލޭމެންނަށް ކުރާނީ އަހަރެންގެ ސަބަބުން.
ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.
ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.
އަހަރެން ޖަވާބު ދެއްވީމެވެ. ”ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.