މައްތާ 24:7 - ކިތާބުލް މުޤައްދަސާ7 އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ. အခန်းကိုကြည့်ပါ။ |
އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!“
އަހަރެން ބަލާލީމެވެ. އެތަނުގައި ފަނޑު ފެހި ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ މަރެވެ. އަދި މަރުގެ މަންޒިލް ފަސްފަހަތުގައި ވިއެވެ. މިބައިމީހުންނަށް ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިގެ މައްޗަށް އަމުރުވެރިކަން ލިބިގެންވިއެވެ. އެއީ ހަނގުރާމައިގައި މީހުން ގަތުލު ކުރުމުގައްޔާއި، ތަދުމަޑުކަމުގައްޔާއި ބަލިމަޑު ކަމުގައި މީހުން މެރުމަށާއި އަދި ވަލުޖަނަވާރު މެދުވެރިކޮށް މީހުން މެރުމަށެވެ.