މައްތާ 24:6 - ކިތާބުލް މުޤައްދަސާ6 ހަނގުރާމައިގެ އަޑުފަށްގަނޑާއި އަދި ހަނގުރާމައިގެ ޚަބަރުތައް ތިޔަބައިމީހުންނަށް އަޑުއިވޭނެ. ނަމަވެސް އެކަންތަކާމެދު ކަންބޮޑުނުވޭ. އެއީ ކުރީކޮޅުގައި ހިނގަން ޖެހޭނެ ކަންތައްތައް. އެކަމަކު އެއީ ފަހުގެ ނިމުމުގެ ވަގުތު އައިސް ޖެހުމެއް ނޫން. အခန်းကိုကြည့်ပါ။ |
އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.“
އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.
މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.