މައްތާ 24:49 - ކިތާބުލް މުޤައްދަސާ49 އަދި އެހެނިހެން ޚާދިމުންނަށް އަނިޔާކޮށް، މަޖާކޮށް ރާބޮއި މަސްތުވެ މިފަދަ އެންމެހާ ކަންތައްތައް ކުރާނެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.
މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.
ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟