44 ވީމާ ތިޔަބައިމީހުން ވެސް ތައްޔާރުގައި އަބަދުވެސް ތިބޭ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވަގުތެއްގައި.“
އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ އިރުން ފެށިގެން ހުޅަނގަށް އުދަރެހުގައި ދިއްލިގެން އަންނަ ވިދުވަރެއް ފަދައިން.
ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.
ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ.
ދެން މި ނުވިސްނޭ ފަސް އަންހެން ކުދިން ތެޔޮ ގަތުމަށް ޓަކައި ފިހާރައަށް ދިޔަ. އެ ވަގުތު އަލަތު ކައިވެނިވާ ފިރިހެނާ އައި. އަދި ތައްޔާރުވެ ތިބި ފަސް އަންހެން ކުދިން އަލަތު ކައިވެނިވާ ފިރިހެނާ އާއި އެކުގައި ކައިވެނީގެ ޙަފުލާއަށް ދިޔަ. އަދި އެތަނުގެ ދޮރު ބަންދުކޮށް ތަޅުލި.
އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.“
ގޭގެ ވެރިމީހާއަށް ވަގަކު ގެއަށް އަންނާނެ ވަގުތު އެނގޭ ނަމަ، ހަމަ ޔަޤީނުން ވެސް ގެ ތަޅުނުލާ ވަގަށް ވަދެވޭ ގޮތަކަށް ނުބަހައްޓާނެ.
ކަލޭމެން ތިބެންވާނީ މިފަދައިން ތައްޔާރުވެގެން. އެއީ އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ ކަލޭމެން އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ވަގުތެއްގަ.“
އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.“
އަބަދުވެސް އެހެން މީހުންނާއިމެދު ކަމޭހިތައި އޯގާތެރިވާށެވެ. މާތްސާހިބާ ވަޑައިގަތުން ވަނީ ކައިރީގައެވެ.
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތް ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.
އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ! ޅަކަންބަޅީގެ ކައިވެނީގެ ވަގުތު ޖެހިއްޖެ. އަދި އެކަލޭގެފާނުގެ އަލަތު އަނބިމީހާ ވަނީ އެކަމަށްޓަކައި ތައްޔާރު ވެގެން ވެސްމެ.