42 ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.
”އެހެންނަމަވެސް މި ޙާދިސާތައް ހިނގާނެ ވަގުތާއި ދުވަސް އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަންތައްތަކެއް ނޫން. އެއީ އުޑުގައިވާ މަލާއިކަތުން ކަމުގައިވިއަސް ނޫނީ ދަރިކަލުން ކަމުގައިވިއަސް. ހަމައެކަނި މިކަންތައްތައް ދެނެވޮޑިގެންވަނީ މަތިވެރި ބައްޕާފުޅު.
ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ.
ވީމާ ތިޔަބައިމީހުން ވެސް ތައްޔާރުގައި އަބަދުވެސް ތިބޭ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވަގުތެއްގައި.“
ދެން މި ނުވިސްނޭ ފަސް އަންހެން ކުދިން ތެޔޮ ގަތުމަށް ޓަކައި ފިހާރައަށް ދިޔަ. އެ ވަގުތު އަލަތު ކައިވެނިވާ ފިރިހެނާ އައި. އަދި ތައްޔާރުވެ ތިބި ފަސް އަންހެން ކުދިން އަލަތު ކައިވެނިވާ ފިރިހެނާ އާއި އެކުގައި ކައިވެނީގެ ޙަފުލާއަށް ދިޔަ. އަދި އެތަނުގެ ދޮރު ބަންދުކޮށް ތަޅުލި.
އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.“
ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް
އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.“
އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ.
ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.
ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.
”ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!“