33 މިގޮތުގެ މަތީން ބަޔާންވެ ދިޔަ ކަންތައްތައް ވާން ފެށުމުން އެކަލޭގެފާނު އެނބުރި ވަޑައިގަތުމަށް ދޮރާށި ކައިރީގައި ތައްޔާރަށް ހުންނަވާނެ ވަގުތު ވަރަށް ކައިރި ވެއްޖެކަން ތިޔަބައިމީހުންނަށް އެނގޭނެ.
”ވައްތީނި ގަހުން ފިލާވަޅެއް ލިބިގަނޭ. އެގަހުގެ އޮފިތައް ނުކުމެ ފެހިކަން އައިސް ފަތްތައް ނުކުންނަން ފެށުމުން ހޫނުމޫސުން ވަނީ ކައިރީގައިކަން ތިޔަބައިމީހުންނަށް އެނގޭނެ.
ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތް ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.
ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.
ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.