Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 24:3 - ކިތާބުލް މުޤައްދަސާ

3 އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 24:3
23 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“


ދުނިޔެ ނިމޭހިނދު ކަންތައްތައް ހިނގައިދާނީ އެފަދައިން. މަލާއިކަތުން ވަޑައިގަންނަވާނެ. އަދި މީސްތަކުންގެ ތެރެއިން ނުބައިމީހުންނާއި ސާލިޙު މީހުން ވަކިކުރައްވާނެ.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ވިދާޅުވި އެއްޗެއްގެ ސަބަބުން ފަރީސީން ކަލޭގެފާނު ދެކެ ރުޅިއައިކަން ދެނަހުރިންތޯ؟⁠“


އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.


އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!⁠“


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެކަނިވީ ވަގުތު އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ ކީއްވެގެންތޯ؟⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި ބެތުފާގޭ އަވަށުގައިވާ ޒައިތޫނި ފަރުބަދަމަތީގައި އެބޭކަލުން މަޑުކުރެއްވިއެވެ. އަދި ދެ އަސްޙާބީންނަށް


އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ އިރުން ފެށިގެން ހުޅަނގަށް އުދަރެހުގައި ދިއްލިގެން އަންނަ ވިދުވަރެއް ފަދައިން.


އެ ހިނދު އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާކަމުގެ ނިޝާން އުޑުން ފެންނާނެ. އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރި ނޫރުފުޅާއި ގަދަފަދަ ބާރަފުޅާ އެކު އުޑުން ވިލާގަނޑެއްގެ ތެރެއިން ވަޑައިގަންނަވާހިނދު ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ މީހުން ހިތާމަ ކުރާނެ.


އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާއިރު ކަންތައްތައް ހިނގައިދާނީ ނޫޙުގެފާނުގެ ޒަމާނުގައި ކަންތައްތައް ހިނގައި ދިޔަ ފަދައިން.


ފެނުގެ ތޫފާން ކުރިމަތިވެ އެބައިމީހުން ނެތި ދިއުމަށް ދާންދެން އެބައިމީހުންނަށް ހިނގައިދާނޭ ޙާދިސާ އާއި މެދު އެއްވެސް އެއްޗެއް އެނގިގެން ނުވި. އިންސާނާގެ ދަރިކަލުން ފައުޅުވާހިނދުގައި ވެސް ކަންތައްތައް ހިނގައިދާނީ މިފަދައިން.


ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ.


އެބައިމީހުން ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވި ގޮތަށް ކަންތައްތައް ވާނީ ކޮން އިރަކުންތޯ؟ އަދި އެކަންތައް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވާނީ ކޮން ކަމެއް ތޯ؟⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަންތައްތަކަށް ވަގުތުތަކާއި ދުވަސްތައް ކަނޑައެޅުއްވުމުގެ ބާރުލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ބައްޕާފުޅު. އެއީކީ ކަލޭމެންނަށް އެނގެން ޖެހޭ ކަންތައްތަކެއް ނޫން.


އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ