Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 24:22 - ކިތާބުލް މުޤައްދަސާ

22 އެ ދުވަސްތަކުގައި މާތްރަސްކަލާނގެ ވަގުތު ކުރު ނުކުރެއްވިނަމަ މުޅި އިންސާނީ ޙަޔާތް ނެތި ދާނެ. ނަމަވެސް އެކަލާނގެ މި ދުވަސްތަކުގެ މުއްދަތު ކުރު ކުރެއްވީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ އަޅުތަކުންނަށް ސަލާމަތްތެރިކަމެއް ލިބިދެއްވުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 24:22
13 ပူးပေါင်းရင်းမြစ်များ  

ގިނަބަޔަކަށް ދަޢުވަތު ދެވުނު، އެކަމަކު ޚިޔާރު ކުރެވުނީ ވަރަށް މަދު ބައެއް.⁠“


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.⁠“


މި ނުބައިވެގެންވީ ދުވަސްތަކުގެ މުއްދަތު މާތްރަސްކަލާނގެ ކުރުނުކުރައްވައިފިނަމަ ހުރިހާ އެންމެން ފަނާވެގެން ހިނގައިދާނެ. ނަމަވެސް އެކަލާނގެ މި ދުވަސްތަކުގެ މުއްދަތު ކުރު ކުރެއްވީ އެކަލާނގެ ޚިޔާރު ކުރެއްވި އަޅުތަކުންނަށް ސަލާމަތްތެރިކަމެއް ލިބިދެއްވުމަށް.


މި ފަނޑިޔާރުފަދަ މީހަކު ވެސް އެންމެ ފަހުން އިންސާފުން ކަންތައްކުރިއިރު ދެން މާތްރަސްކަލާނގެ އެކަލާނގެ ހޮއްވަވާ ޚާއްސަ ކުރެއްވި އެކަލާނގެ ކިބަފުޅަށް ދުވާލާއި ރޭގަނޑު އާދޭހާއި އެކު ރޮއި ހަދާ މީހުންނާއި ދޭތެރޭ އިންސާފުން ކަންތައް ނުކޮށް ހުންނާނެތަ؟ އެމީހުން އެދޭ ކަމެއް އެކަލާނގެ ކޮށް ނުދެއްވާ ހުންނާނެ ތަ؟


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ އަހަރެން ޕަތަރަސްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ އަހަރެން މިލިޔަނީ މާތްރަސްކަލާނގެ ހޮއްވެވި ފަރާތްތަކުގެ ތެރެއިން ޕޮންޓަސް، ގަލާތިޔާ، ކައްޕަދޯސިޔާ، އޭޝިޔާ ސަރަހައްދުގެ އިތުރުން ބިޒީނިޔާގައި ވަގުތީގޮތުން ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ