Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 24:21 - ކިތާބުލް މުޤައްދަސާ

21 ދުނިޔެ އުފެއްދެވީއްސުރެން މިފަދަ ބިރުވެރި ދުވަސްތަކެއް މި ވީހާތަނަށް ދެކެފައެއް ނުވާނެ. އަދި ނުވެސް ދެއްކޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 24:21
20 ပူးပေါင်းရင်းမြစ်များ  

ފިނި މޫސުމެއްގައި ނޫނީ ސަބަތުގެ ދުވަހެއްގައި ތިޔަބައިމީހުން ފިލަން ދުވަން ނުޖެހުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވާ.


”⁠އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.


ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން.


އެބައިމީހުން ކަނޑިތަކުން ގަތުލުކުރެވި އަދި ހައްޔަރު ކުރެވި އެކިއެކި ޤައުމުތަކަށް ގެންދެވޭނެ. އަދި ޖެރޫސަލަމް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ އަތްދަށުވާނެ. މި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ވަގުތު ހަމަވަން ދެން ޖެރޫސަލަމް އެމީހުންގެ އަތްދަށުގައި ވާނެ.


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި އެކު ބިންހެލުމެއް ކުރިމަތިވިއެވެ. އެއީ ދުނިޔޭގައި އިންސާނުން އުފެއްދެވީއްސުރެން ދުވަހަކުވެސް އައިސްފައި ނުވާ ފަދަ ބިންހެލުމެކެވެ.


އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ