Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 24:17 - ކިތާބުލް މުޤައްދަސާ

17 ގޭގެ ފުރާޅުމަތީގައި ހުރި މީހަކުނަމަ ގޭތެރޭގައި ހުރި އެއްޗެއް ބަލާވެސް ތިރިއަށް ނުފައިބާތި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 24:17
14 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.


އެ ހިނދު ޖުދެއާ ކަރައިގައި ދިރިއުޅެމުން ދާ ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާތި.


ދަނޑުމަތީ ހުރި މީހެއް ނަމަ ލާ ހެދުންގަނޑު ބަލާވެސް އެނބުރި ނާންނާތި.


”⁠އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.


އަނދިރީގައި ކަލޭމެން ބުނި ހުރިހާ ބަސްތަކެއް ދުވާލުގެ އަލިކަމުގައި ފާޅުވާނެ. އަދި ބަންދު ކޮޓަރިއެއްގެ ތެރޭގައި ބުނެވުނު ބަސްތައް މަގުމަގު މަތީ ގޮވޭނެ.


ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ.


އަނެއް ދުވަހުގެ މެންދުރު މިމީހުން ޖައްފާއާއި ވަރަށް ކައިރިވެފައި ވަނިކޮށް ޕަތަރަސް އޭނާ ހުރި ގޭގެ މައްޗަށް އަރާ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި އިނެވެ.


ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ