Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 23:8 - ކިތާބުލް މުޤައްދަސާ

8 އެހެނަސް ތިޔަބައިމީހުން ’⁠އެދުރުކަލޭގެ⁠‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 23:8
34 ပူးပေါင်းရင်းမြစ်များ  

އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އަދި އެއްވެސް ފަރާތަކަށް ’⁠މާތްސާހިބު⁠‘ ގެ ނަމުގައި ވެސް ގޮވައިގެން ނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ ހަމައެކަނި އެންމެ ’⁠މާތްސާހިބަކު⁠‘ އެއީ އަލްމަސީޙު.


މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’⁠އެދުރުކަލޭގެ⁠‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.


އީސާގެފާނަށް ޚިޔާނާތްތެރިވާނެ ފަރާތް ކަމުގައިވާ ޔުދާސް ވެސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އެއީ އަޅުގަނޑު ތޯ؟⁠“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިބާ ތިޔަ ބުނީ ރަނގަޅަށް.⁠“


ޔުދާސް ސީދާ ހިނގާފައި އީސާގެފާނާއި ދިމާލަށް އައިސް ދެންނެވިއެވެ. ”⁠ސަލާމު! އެދުރުކަލޭގެފާނު!⁠“ އޭނާ މިފަދައިން ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ކޮށްދެންވީ ކޮންކަމެއް؟⁠“ ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުގެ ލޮލަށް އަލުން ފެންނާނެ ގޮތް ހައްދަވާ ދެއްވާ!⁠“ ލޯފަންމީހާ ޖަވާބު ދިނެވެ.


މިކަން ހިނގިގޮތް ހަނދާންވެ އީސާގެފާނަށް ޕަތަރަސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ނިކަން ބައްލަވާލައްވާ. ކަލޭގެފާނު ބަދުބަސް ވިދާޅުވި ވައްތީނިގަސް އެވަނީ މަރުވެފަ!⁠“


ޔުދާސްއަށް އެތަނަށް އާދެވުމާއި އެކު އޭނާ އީސާގެފާނުގެ އަރިހަށް ގޮސް ”⁠އެދުރުކަލޭގެފާނު!⁠“ އޭ ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.


އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަމީ ރަނގަޅަކަށް ދިމާވި ކަމެއް! ކަލޭގެފާނަށާއި، މޫސާގެފާނަށާއި އަދި އިލްޔާސްގެފާނަށް އަޅުގަނޑުމެން ތިން ހިޔާވަހި ހައްދަވައި ދެއްވަންތޯ؟⁠“


ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރިޔަމް!⁠“ އޭނާ އެކަލޭގެފާނާއި ދިމާއަށް އެނބުރި ޢިބްރާނީ ބަހުން ގޮވާލިއެވެ. ”⁠ރައްބޫނި!⁠“ މިބަހުގެ މާނައަކީ އެދުރުކަލޭގެފާނު އެވެ.


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.⁠“


އެވަގުތު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ގާތު ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ކޮންމެވެސް އެއްޗެއް ފަރީއްކުޅުއްވަން ވީ ނޫންތޯ؟⁠“


އެމީހުންނަށް އެކަލޭގެފާނު ކަނޑުގެ އަނެއްފަރާތު އައްސޭރީގައި ހުންނެވިތަން ފެނުމުން އެމީހުން ދަންނަވައިފިއެވެ. ”⁠އެދުރުކަލޭގެފާނު! މިތަނަށް ކަލޭގެފާނު ވަޑައިގަތީ ކޮން އިރަކުތޯ؟⁠“


އެމީހާ ފެނިވަޑައިގަތުމުން އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު! މިމީހާއަކީ އުފަންވީ އިރު ވެސް ލޯ އަނދިރި މީހެއް. މި މީހާ އުފަންވީ އިރު ލޮލަށް ނުފެންނަނީ ކާކު ކުރި ފާފައެއްގެ ސަބަބުންތޯ؟ އެއީ އޭނާ ކުރި ފާފައަކާހެދިތޯ؟ ނޫނީ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބުންތޯ؟⁠“


މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެން ވަނީ އެކަލާނގެ ކިބަފުޅުންނެވެ.


މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން އެދުރުންގެ ގޮތުގައި ގިނަ ބަޔަކު ނުވާނެއެވެ. އުނގަންނައި ދިނުމަކީ ޒިންމާދާރު ކަމެކެވެ. ކަލޭމެންނަށް އެނގޭނޭ ފަދައިން އެދުރުންގެ ގޮތުގައި އަހަރެމެން އުނގަންނައިދެމުން ގެންދާތީ ފައިސަލާ ކުރައްވާ ހިނދު އަހަރެމެންނާ މެދު މާ ހަރުކަށިކޮށް ފައިސަލާ ކުރެވެއެވެ.


ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ