އީސާގެފާނު އެކަނބުލޭގެ ކައިރީގައި އެއްސެވިއެވެ. ”ކަނބުލޭގެ ބޭނުންވަނީ ކޮންކަމެއް؟“ އެކަނބުލޭގެ އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއެދި ދަންނަވާ ކަމަކީ ކަލޭގެފާނުގެ ރަސްކަންފުޅު ގާއިމުވާ ހިނދު އަޅުގަނޑުގެ އެއްދަރިފުޅު ކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަދި އަނެއް ދަރިފުޅު ވާތްޕުޅު ފަރާތުގައި ބައިންދަވައި ދެއްވުން.“