Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 23:4 - ކިތާބުލް މުޤައްދަސާ

4 އެބައިމީހުން ހަރުކަށި ގަވާޢިދުތައް ހަދާނެ. އެބައިމީހުންނަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އެބައިމީހުން އަމުރު ކުރާނެ. ނަމަވެސް އެބައިމީހުންގެ ހަރުކަށި ގަވާޢިދުތަކުގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެބައިމީހުން ފުރަގަސްދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 23:4
10 ပူးပေါင်းရင်းမြစ်များ  

ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.


ވުމާއެކު، އެބައިމީހުން އުނގަންނައިދޭ އެންމެހާ ތަކެއްޗަށް ތިޔަބައިމީހުން ކިޔަމަންތެރިވޭ. ނަމަވެސް އެބައިމީހުންގެ އަމަލުތަކަކީ މިސާލެއްގެ ގޮތުގައި ބެލުން އެއީ ރަނގަޅު ކަމެއް ނޫން. އެއީ އެމީހުންނަކީ އެމީހުން ކިޔަވައިދޭ އެއްޗިއްސަށް އަމަލު ކުރާ ބަޔަކަށް ނުވާތީއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދީނުގެ ދަންނަބޭކަލުންނަށް ވެސް ހުރި ހިތާމައިގެ ބޮޑުކަމާއެ. އެއީ ކަލޭމެން މީހުންގެ ކޮނޑުގައި އެމީހުންނަށް ނޫފުލޭ ވަރުގެ ދީނީ ގަވާއިދުތަކުގެ ބޮޑެތި ބުރަތައް އަޅުވާ. އެކަމަކު ކަލޭމެން އެބުރަތައް ލުއިކޮށްދިނުމަށް އެއްވެސް އެހީއެއް ނުވޭ.


މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟


މި ކަންތައްތައް ފިޔަވާ ތިޔަބައިމީހުންގެ ކޮނޑުގައި ނޫފުލޭ ފަދަ އުނދަގޫ ބުރައެއް އެޅުވުމަކަށް މާތްރޫޙުފުޅު އެދިވަޑައިގެނެއް ނުވެއެވެ. އަހަރެމެން ވެސް އެދެނީ ހަމަ އެ ފަދައިންނެވެ.


އަދި ޚިތާނު ކުރެވިފައިވާ މީހުންނަކީ ވެސް ކޮންމެހެން އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ވެސް ނޫނެވެ. އެމީހުންގެ ބޭނުމަކީ ކަލޭމެން ލައްވާ އެފަދައިން ކަންތައް ކުރުވުނު ކަމުގެ ވާހަކަ ދައްކައި ބޮޑުކެނޑުމެވެ.


މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.


ތިޔާތިރާގެ މީސްތަކުންގެ ތެރެއިން އީޒާބަލްގެ އުނގަންނައިދިނުންތަކަށް އީމާން ނުވެ އަދި ޝައިތާނާގެ ފުންމިން ނޭނގޭ ސިއްރުތަކޭ އެ ކިޔާ ބަސްތަކަށް ތަބާނުވެތިބި މީހުންނަށް ބުނަން. އަހަރެން އިތުރަށް ތިޔަބައިމީހުންނަށް ބުރައެއް ނުޖައްސާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ