Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 23:39 - ކިތާބުލް މުޤައްދަސާ

39 އަހަރެން ބުނަން ތަ؟ ’⁠މާތްރަސްކަލާނގެ ނަންފުޅުގައި އަންނަ ކަލޭގެފާނަށް ބަރަކާތްތެރިކަން ލައްވާށި.⁠‘ މިފަދައިން ކަލޭމެން ބުނުމަށް ދާންދެން ކަލޭމެންނަށް އަހަރެން ނެތް ނުފެންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 23:39
15 ပူးပေါင်းရင်းမြစ်များ  

އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!⁠“


ދެން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުންގެ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއް ނަމަވެސް ދުށުމަށްޓަކައި ކަލޭމެން ކެތް މަދުވާނެ ވަގުތެއް އެބައާދޭ. އެކަމަކު ކަލޭމެންނަކަށް އެދުވަހެއް ނުފެންނާނެ.


ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


ދެން އަނެއްކާވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެން ދޫކޮށްލާފަ ދާނަން. އޭރުން ކަލޭމެން އަހަރެން ހޯދާނެ. ނަމަވެސް ކަލޭމެން މަރުވެދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވި. އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެ.⁠“


އަހަރެންނަކީ ކާކު ކަމާމެދު އަހަރެން މިބުނާ ބަސްތައް އަހާ ގަބޫލު ނުކޮށްފި ނަމަ ’⁠ކަލޭމެން މަރުވެ ދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވިއޭ⁠‘ އަހަރެން މިބުނަނީ އެހެންވެ.⁠“


ކަލޭމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ހުންނެވީ އަހަރެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އަހަރެންގެ މިދުވަސް ފެނުމުން އެކަލޭގެފާނު އުފާފުޅުވި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ