އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މި ޢިމާރާތްތައް ފެނެއެއް ނޫން؟ އަހަރެން މިބުނަނީ ތެދެއް. މި ޢިމާރާތްތައް ފުނޑުފުނޑުވެ ބިންމައްޗަށް ވެއްޓޭނެ! މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއް ހިލަބުރި އަނެއް ހިލަބުރި މަތީގައި ނެތި މިހުރިހާ ޢިމާރާތްތައް ބިމާ ހަމަވާނެ.“