Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 23:28 - ކިތާބުލް މުޤައްދަސާ

28 ކަލޭމެން ވެސް ވަނީ އެފަދައިންމެ. މީސްތަކުންނަށް ކަލޭމެން ފެންނަ ހިނދު ކަލޭމެންނަކީ ސާލިޙު ބައެއް ކަމުގައި ހީވޭ. ނަމަވެސް ކަލޭމެންގެ އެތެރެފުށް ވަނީ މުނާފިޤުކަމާއި އެންމެހާ ނުބައި ނުލަފާ ކަންތައްތަކުން ފުރިފަ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 23:28
13 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ ނަފްރަތުކަން މަކަރަކުން ފޮރުވައިގެން އުޅުނަކަސް އެމީހުން ކުރާކަންތަކުން ހުރިހާ އެންމެންނަށް އެކަން ފަޅާ އަރާނެއެވެ.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤު ބައެއް! ކަލޭމެންނަކީ ހުދުކުލަ ލެވިފައިވާ މަހާނަތަކެއް ފަދަ ބައެއް. އެ މަހާނަތަކުގެ ބޭރު ރީތި ކަމުގައި ވިޔަސް އެ މަހާނަތަކުގެ އެތެރޭގައި ވަނީ މަރުވެފައިވާ މީސްތަކުންގެ ކަށިތަކުންނާއި ނަޖިހުން ފުރިފަ.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެން ނަބީބޭކަލުންނަށް ޓަކައި މަހާނަފުޅުތައް ހަދާ. އަދި ސާލިޙުކަމުގައި ދިރިއުޅުނު ފަރާތްތަކުގެ ޒިޔާރަތްފުޅު ތަކަށް ގަދަރު ކުރާކަން ކަލޭމެން ދައްކާ.


އެމީހުން ހެޔޮ އަމަލުތައް ކުރާނީ މީހުންނަށް ދެއްކުމުގެ ގޮތުން. އެމީހުން ނިތްކުރީގައި އަޅައިގެން އުޅޭ ބާވައިލެއްވި ފަތްފުށްތަކުގެ އާޔަތްތައް އަޅާ ފޮށިތައް ބޮޑުކުރޭ. އަދި އެމީހުންގެ ހެދުންތަކުގެ އަތްދުއްލީ ވާނީ ވީހާވެސް ބޮޑަށް ދިގުކޮށްފައެވެ. އެއީ މީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“


ދެން އީސާގެފާނަށް އީމާންވާ ބަނީއިސްރާއީލުގެ އެހެން މީހުން ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރަން ފެށިއެވެ. އަދި ބަރުނައްބާސް ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރިއެވެ.


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ