20 ޤުރުބާން ހުށަހަޅާ އަށި ގަންދީ ހުވާ ކުރާ އިރު ކަލޭމެންނަށް އެހުވާ ކުރެވެނީ އެ އަށިމަތީގައި ހުރި އެއްޗެއް ވެސް ހިމަނައިގެންނެއް ނޫންތަ؟
އޭ ކަނުމީހުންނޭ! ކަލޭމެންނަށް މުހިންމީ ކޮން އެއްޗެއްތަ؟ ޤުރުބާނީތަ، ނޫނީ އެޤުރުބާނީ މުޤައްދަސް ކުރެވޭ އަށިތަ؟
ކަލޭމެން ގެކޮޅު ގަންދީ ހުވާކުރާއިރު ކަލޭމެންނަށް އެހުވާ ކުރެވެނީ އެގެކޮޅުގައި ވޮޑިގެންވާ ކަލާނގެ ވެސް ހިމަނައިގެން ނޫންތަ؟
އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.