މައްތާ 23:14 - ކިތާބުލް މުޤައްދަސާ14 ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ހުވަފަތް އަންހެނުންގެ ގެތައް ފޭރިގަނެވޭތޯ ބަލާ މީހުން. އަދި ކަލޭމެން ދިގުވެގެންވާ ދުޢާތައް ކޮށް ކަލޭމެންނަކީ ސާލިޙު ބައެއްކަމުގައި މީސްތަކުންނަށް ދައްކާ. ވީމާ ކަލޭމެންނަށް ގަދަފަދަ ޢުޤޫބާތް ދެއްވާނެ. အခန်းကိုကြည့်ပါ။ |
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން އެދުރުންގެ ގޮތުގައި ގިނަ ބަޔަކު ނުވާނެއެވެ. އުނގަންނައި ދިނުމަކީ ޒިންމާދާރު ކަމެކެވެ. ކަލޭމެންނަށް އެނގޭނޭ ފަދައިން އެދުރުންގެ ގޮތުގައި އަހަރެމެން އުނގަންނައިދެމުން ގެންދާތީ ފައިސަލާ ކުރައްވާ ހިނދު އަހަރެމެންނާ މެދު މާ ހަރުކަށިކޮށް ފައިސަލާ ކުރެވެއެވެ.
އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.