މައްތާ 22:9 - ކިތާބުލް މުޤައްދަސާ9 އެހެންވެ މަގުތަކުގައިވާ ހަތަރު އަނގޮޅިތަކުގެ ކަންމައްޗަށް ދޭ. އަދި ފެނުނު ކޮންމެ މީހެއްގެ ކައިރީގައި ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތަށް އަންނާށޭ ބުނޭ.‘ အခန်းကိုကြည့်ပါ။ |
އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.
މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.
މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”އާދޭ!“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”އާދޭ!“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!