Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:8 - ކިތާބުލް މުޤައްދަސާ

8 އެއަށް ފަހު އޭނާގެ ނޯކަރުންނަށް ބުނުއްވި. ’⁠މިއީ ކައިވެނީގެ ޖާފަތުގެ ވަގުތު. ނަމަވެސް ދަޢުވަތު ދެވުނު މެހުމާނުންނަކީ އައުމަށް އެކަށީގެންވާ ބައެއް ނޫން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:8
11 ပူးပေါင်းရင်းမြစ်များ  

މިކަމާއި ރަސްގެފާނު ވަރަށް ބޮޑަށް ރުޅިއައިސް އެ ގާތިލުން ގަތުލު ކުރުމަށް އޭނާގެ ލަޝްކަރެއް ފޮނުވީ. އަދި އެ ސަހަރު ވެސް އަންދައިލުމަށް އެންގި.


އެހެންވެ މަގުތަކުގައިވާ ހަތަރު އަނގޮޅިތަކުގެ ކަންމައްޗަށް ދޭ. އަދި ފެނުނު ކޮންމެ މީހެއްގެ ކައިރީގައި ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތަށް އަންނާށޭ ބުނޭ.⁠‘


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.


ނަމަވެސް އެދުނިޔޭގައި ހިމެނުމަށް އެކަށީގެންވާ މަރުވުމަށް ފަހު އަލުން ދިރޭނެ މީހުން އެދުނިޔޭގައި މީހުންނަކާއި ނުއިންނާނެ.


އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


ނަމަވެސް ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ ތެރެއިން ވަރަށް މަދު ބަޔަކު އެބައިމީހުންގެ އަންނައުނު ތާހިރުކޮށް ބެހެއްޓި. އެބައިމީހުންނަށް ސާފު ހުދު ހެދުމުގައި އަހަރެންނާއި އެކުގައި ހިނގޭނެ. ސަބަބަކީ އެބައިމީހުން އެކަމަށް އެކަށީގެންވާކަމުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ