Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:5 - ކިތާބުލް މުޤައްދަސާ

5 ނަމަވެސް އެ ނޯކަރުންގެ ވާހަކަތަކަށް މީސްތަކުން ސަމާލުކަމެއް ނުދީ އެހެން ކަންތައްތައް ކުރުމުގައި އެމީހުންވި. އެއްބަޔަކު އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދިޔަ. އަނެއްބަޔަކު، އެބައިމީހުން ވިޔަފާރިކުރާ ތަނުގައި މަސައްކަތް ކުރުމަށް ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:5
21 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


ދެން ޔަޢުޤޫބުގެފާނު ޢީސޫއަށް ބޯ ރޮއްޓާއި ސުރުވާ ދިނެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ފެންފޮދު ހިއްޕެވުމަށް ފަހު ތެދުވެވަޑައިގެން ޙައްޤު ވިއްކާލެއްވުނު ކަމާމެދު އެއްވެސް ފިކުރުފުޅެއް ނުކުރައްވާ ވަޑައިގެންފިއެވެ.


އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.


އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.


އެއަށް ފަހު ރަސްގެފާނު އޭނާގެ އެހެނިހެން ނޯކަރުންނަށް މިފަދައިން ބުނެ ފޮނުވީ. ’⁠ދަޢުވަތު ދެވުނު ހުރިހާ އެންމެންގެ ކައިރިއަށް ގޮސް ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތް ތައްޔާރު ވެއްޖެއޭ ބުނޭ. އެންމެ މަސްފަލަ ފިރިހެން ގެރި އާއި، ޅަ ގެރި ކަތިލައި ތައްޔާރު ކޮށްފީމޭ. އަދި ހުރިހާ ތަކެއްޗެއް ވެސް ހުރީ ތައްޔާރުވެފައޭ. ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ވަލީމާއަށް އަންނާށޭ.⁠‘


ބައެއް މީސްތަކުން ނޯކަރުން އަތުލައިގަނެ ތަޅާ އަނިޔާކޮށް އެމީހުން މަރާލި.


ދެން ކޮތަރުތައް ވިއްކަން ތިބި މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މިއެއްޗެހިތައް ހަމަ މިހާރު މިތަނުން ނެރޭ! އަހަރެންގެ ބައްޕާފުޅުގެ ގެކޮޅު ގަނެވިއްކާ ބާޒާރަކަށް ހަދައިގެން ނުވާނެ!⁠“


އަދި އަނެއްބަޔަކު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުންނަށް މަލާމަތް ކޮށް ބުންޏެވެ. ”⁠އެމީހުން އެއުޅެނީ ރާބޮއިގެން އަމަލު ވެގެން.⁠“


ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“


ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ