46 އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.
ދެން އެމީހުން އީސާގެފާނަށް ޖަވާބު ދެއްވިއެވެ. ”އަހަރެމެންނަކަށް ނޭނގެ.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އެހެންވިއިރު މި ހުރިހާ ކަމެއް ކުރުމަށް އަހަރެންނަށް އަމުރު ދެއްވި ފަރާތެއް އަހަރެން ވެސް ނުބުނާނަން.“
ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ މާތްސާހިބާގެ ނަންފުޅުގަ. އެހެންވީމާ އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟“
އެ މީހާގެ ބުއްދިވެރި ޖަވާބު އީސާގެފާނު ފާހަގަ ކުރައްވައި އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ. ”ތިބާ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަކުނޫން.“ މިއަށް ފަހު އީސާގެފާނާއި އިތުރު ސުވާލެއް ކުރައްވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.
އެތާނގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނާއި ދެކޮޅުހެދި މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. ނަމަވެސް އެހެން ހުރިހާ މީސްތަކުން އެކަލޭގެފާނު ކުރައްވަމުން މިގެންދަވާ ހައިރާން ކުރުވަނިވި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިއެވެ.
ނަމަވެސް އެމީހުން މި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އެކަލޭގެފާނު މި ބަލި މީހާ ގެންނަވާ އެމީހާގެ ބަލި ފަސޭހަ ކުރައްވާ ފޮނުވާލެއްވިއެވެ.
އެތާނގައި ތިބި މީހުންނަށް އީސާގެފާނުގެ މި ސުވާލުފުޅުތަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ.
ދެން އެތާ ތިބި އެކަކަށް ވެސް އެކަލޭގެފާނާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.
އެކަމަކު މި ވެދިޔަ ކަންތައްތަކަކީ ދޮގެއް ކަމަކަށް ވެސް އެމީހުންނަކަށް ބުނެވޭކަށް ނެތެވެ. އެއީ އެ ވާވެފައި ވީ މީހާ މުޅިން ރަނގަޅު ވެ އެހެރީ އެމީހުންގެ ކުރިމަތީ ކޮޅަށެވެ.
’މިއީ ތިމަންކަލާނގެ. ކަލޭގެފާނުގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެ.‘ މޫސާގެފާނަށް އެ އަޑުފުޅު އިވުމުން ބިރުން ގޮސް ރޫރޫއަޅަން ފެށި. އަދި އިތުރަށް އިސް އުފުލާ އެދިމާއަށް ބަލާލަން ވެސް ނުކެރުނު.