40 އެންމެހާ އަމުރުފުޅުތަކާއި ނަބީބޭކަލުންގެ ލިޔުއްވުންތައް ބިނާވެފައި ވަނީ މި ދެ އަމުރުފުޅުގެ މައްޗަށް.“
”ތިޔަބައިމީހުން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުން ތިޔަބައިމީހުންނާއި މެދު ކަންތައް ކުރަން ތިޔަބައިމީހުން އެދޭ ފަދަ ގޮތެއްގައި. ތައުރާތުއާއި ނަބީބޭކަލުންގެ އެހެނިހެން ލިޔުއްވުންތަކުގެ އަސާސަކީ މިއީ.“
މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.
އެ ހުރިހާ އަމުރުފުޅުތަކެއް އެންމެ އަމުރުފުޅަކުން ފުރިހަމަވެއެވެ. އެއީ ”ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭ ވެސް އަނެއްމީހާ ދެކެ ލޯބިވާށޭ“ މިއެވެ.
މި ގޮތަށް އަހަރެންގެ މިއިރުޝާދު ދިނުމުގެ މަގްސަދަކީ އީމާންވާ އެންމެހައި މީހުންގެ ކިބައިގައި ސާފުތާހިރު ހިތަކުން އުފެދޭ ލޯތްބެއް އަށަގެންނެވުމަށެވެ. އަދި އެއީ ސާފު ޒަމީރަކުންނާއި ތެދުވެރި އީމާންތެރިކަމަކުން އުފެދޭ ލޯތްބެއް ވެސް މެއެވެ.
ހަމަ ޔަޤީނުން ވެސް މަތިވެރި އަމުރުފުޅަށް ކަލޭމެން ކިޔަމަންތެރިކަން އަދާކުރާ ކަމުގައިވާނަމަ ކަލޭމެން ވާނީ ޙައްޤުގެ މަގުގައެވެ. އެއީ މުޤައްދަސް ފަތްފުށްތައް ހާމަކޮށްދެއްވާފައިވާ ފަދައިންނެވެ. ”ކަލޭމެންގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭމެންގެ އަވަށްޓެރިޔާ ދެކެ ލޯބިވާށެވެ.“