Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:37 - ކިތާބުލް މުޤައްދަސާ

37 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ ދެކެ ތިޔަބައިމީހުންގެ މުޅި ހިތުންނާއި މުޅި ފުރާނާއިން އަދި މުޅި ބުއްދިންމެ ލޯބިވުން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:37
13 ပူးပေါင်းရင်းမြစ်များ  

”⁠އެދުރުކަލޭގެފާނު! ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އަމުރުފުޅަކީ ކޮބައިތޯ؟⁠“


މިއީ އެންމެ ބޮޑު އަދި އެންމެ މުހިންމު އަމުރުފުޅު.


އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ. ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.⁠“


މިމީހާ ޖަވާބުގައި ބުންޏެވެ. ”⁠އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’⁠އެއްކައުވަންތަ ކަލޭމެންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ކަލޭގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބި ވާށޭ.⁠‘⁠“


އަދި އީސާގެފާނު އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެން މާތްކަލާނގެއާ މެދުގައި ލޮބުވެތި ވާނަމަ އެކަލޭގެފާނަށް ތަބާވާ އަހަރެމެންގެ އަޚުންނާ އުޚުތުންނާމެދު ވެސް ލޮބުވެތި ވާން ވާނެ ކަމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ