Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:33 - ކިތާބުލް މުޤައްދަސާ

33 އެބައިމީހުންނަށް މި ބަސްފުޅު އިވުނު ހިނދު، އީސާގެފާނުގެ އުނގަންނަވައި ދެއްވުންތަކާއި މެދު އެބައިމީހުން އަޖައިބުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:33
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވި އެ ބަސްފުޅު އެބައިމީހުންނަށް އިވުމުން އެބައިމީހުން އަޖައިބު ވިއެވެ. އަދި އެކަލޭގެފާނު ދޫކުރައްވާ އެތަނުން ދުރަށް ދިޔައެވެ.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރު ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި އެ ރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެއަށް މިލްކުވެގެންވީ ތަކެތި އެކަލާނގެއަށް ހުށަހަޅާ.⁠“ އަދި އެބައިމީހުން އީސާގެފާނާއިމެދު އަޖައިބުވިއެވެ.


އަދި ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް މިފަދައިން ވިދާޅުވެ އުގަންނަވައި ދެއްވިއެވެ. އަދި އެކަލޭގެފާނުގެ މިބަސްފުޅު އަޑުއެހި އެތައްބަޔަކު ޙައިރާންވެ ބުނެވުނެވެ. ”⁠މިހުރިހާ ތަކެއްޗެއް އޭނާއަށް އެނގުނީ ކޮންތާނކުން؟ ކޮން ޙިކުމަތެއް އޭނާއަށް ދެއްވައިގެންތަ އެއުޅެނީ؟ ކިހިނެއް އޭނާ މުޢުޖިޒާތްތައް ދައްކާނީ؟


އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައި ތިބި އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ.


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


ސިފައިންގެ މީހުން ޖަވާބުގައި ބުންޏެވެ. ”⁠އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މީގެ ކުރިން ދުވަހަކު ވެސް މީހަކު ބުނެފައި ނުވާ ފަދަ މަތިވެރި ބަސްފުޅުތަކެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ