Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:24 - ކިތާބުލް މުޤައްދަސާ

24 އެބައިމީހުން ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު! ކައިވެނި ކޮށްގެން ތިއްބާ ފިރިމީހާ ނިޔާވި ހިނދު ދަރިއަކު ލިބިފައިނުވާ ހުވަފަތް އަންހެނާ އާއި ނިޔާވި މީހާގެ އަޚާއި ކައިވެނި ކޮށްގެން އޭނާއަށް ދަރިން ހޯދައިދޭންޖެހޭނޭ ކަމަށް ތައުރާތުގައި މޫސާގެފާނު ވިދާޅުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:24
14 ပူးပေါင်းရင်းမြစ်များ  

މިއަށް ފަހު ޔަހޫޛާ އޭނާގެ ދަނބިދަރިފުޅު ތާމާރުއަށް މިފަދައިން ބުންޏެވެ. ”⁠ކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ގޮސް އަދި އެގޭގައި ކަނބުލޭގެ ދިރިއުޅުމާއިގެން ކުރިއަށްދޭ. ނަމަވެސް އަހަރެންގެ ހަގު ފިރިހެން ދަރިފުޅު ޝީލަތު ބާލިޣުވުމަށް ދާންދެން އިތުރު ކައިވެންޏެއްނުކޮށް ކަނބުލޭގެ މަޑުކުރޭ.⁠“ ނަމަވެސް ޔަހޫޛާ މި ގޮތަށް ހެދުމަކަށް ގަސްދެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ދޮށީ ދެފިރިހެން ދަރިން ނިޔާވެދިޔަ ފަދައިން ޝީލަތު ވެސް ނިޔާވެދާނޭތީ އެކަމުގެ ބިރު އޭނާގެ ހިތުގައި ވުމުންނެވެ. އެހެންވީމާ، ޔަހޫޛާގެ އެދުމުގެ މަތިން ޘާމާރު އެކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ދިޔަމެއެވެ.


ޢީރު ނިޔާވުމުން ތާމާރު އާއި ކައިވެނި ކުރުމަށް ޔަހޫޛާގެ ދެވަނަ ފިރިހެން ދަރިފުޅު އޫނާންގެ ކިބައިން އޭނާ މިފަދައިން އެދުނެވެ. ”⁠ތިބާގެ ބޭބެގެ ހުވަފަތްވެފައިވާ އަނބިމީހާއި ތިބާ ކައިވެނި ކުރުމަށް ފަހު ތިބާގެ އަޚާއަށް ދަރިން ހޯދައިދިނުމަކީ ތިބާގެ މަސްއޫލިއްޔަތެއް.⁠“


އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


އެއްދުވަސްވަރެއްގައި އަހަރެމެންގެ ތެރޭގައި ހަތް ބެއިން ތިބި. ދޮށީ ފިރިހެނާ ކައިވެނިކުރި. އަދި އޭނާ ނިޔާވި. އޭނާގެ ދަރިއަކު ނެތް. ހުވަފަތް އަންހެނާ އާއި ދެވަނައަށް ހުރި ކޮއްކޮ ކައިވެނިކުރި.


”⁠އެދުރުކަލޭގެފާނު! ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އަމުރުފުޅަކީ ކޮބައިތޯ؟⁠“


”⁠މީސްތަކުންގެ ތެރެއިން އަހަރެންނަށް ’⁠މާތްސާހިބާ⁠‘ ގެ ނަމުން މުޚާތަބުކުރާ ކޮންމެ ފަރާތަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ހަމައެކަނި ސުވަރުގެއަށް ވަދެވޭނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުތައް ކުރާ މީހަކަށް.


”⁠އެދުރުކަލޭގެފާނު، މޫސާގެފާނު އުނގަންނަވައިދެއްވި ގޮތުގައި ފިރިއަކު ނިޔާވި އިރު އޭނާގެ އަނތްބަކު އިންނަމަ އަދި އޭނާގެ ދަރިއަކު ނެތްނަމަ ނިޔާވި ފިރިހެނާގެ ބޭބެ ނުވަތަ ކޮއްކޮ އެ އަންހެންމީހާ އާއި ކައިވެނިކޮށް ދަރިއަކު ހޯދަންޖެހޭ. އެ ލިބޭ ދަރިއަކީ މަރުވި ފިރިހެނާގެ ދަރިން ކަމުގައި ބެލެވޭނެ.


އެމީހުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. މޫސާގެފާނު އަޅުގަނޑުމެންނަށް އަންގަވައި ދެއްވި ގޮތުގައި ފިރިހެނަކު މަރުވާއިރު އޭނާގެ އަނތްބަކު އިން ނަމަ އަދި އޭނާގެ ކުއްޖަކު ނެތް ނަމަ އެ ފިރިހެން މީހާގެ ބޭބެ ނުވަތަ ކޮއްކޮ އެ އަންހެންމީހާ އާއި ކައިވެނިކޮށް ކުދިން ހޯދަން ޖެހޭނެ. އެކުދިން ހިމެނޭނީ މަރުވި ފިރިހެން މީހާގެ ކުދިން ކަމުގަ.


ވީއިރު ޤިޔާމަތް ދުވަހު މި އަންހެންމީހާ ވާނީ ކާކުގެ އަތްބެއްގެ ގޮތުގައި ތޯ؟⁠“


”⁠ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟


އެކަމަކު ނުޢުމީ ބުންޏެވެ. ”⁠އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟


މިތަނުގައި މިރޭ ހޭދަކޮށްލާ. ދެން ހެނދުނުން، އޭނާ ކަލެއާ އިންނަން އެއްބަސްވެއްޖެނަމަ އެވީ ރަނގަޅަށް. އޭނާއާ އިނދޭ. އެކަމަކު އޭނާ އިންނަން ނޫޅެފިނަމަ އަހަރެން ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން ކަލެއާ އިންނާނަން. ފަތިސްވަންދެން މިތާ އޮވޭ.⁠“


ބޫޢަޒު އޭނާއަށް ބުންޏެވެ. ”⁠ކަލޭ އެބިން ނުޢުމީގެ އަތުން ގަންނަނީ ނަމަ ކަލޭ ނުޢުމީގެ ދަނބިދަރިފުޅު ރާޢޫތު އާއި ކައިވެނި ކޮށް އަދި އެކައިވެންޏަށް ފިރިހެން ދަރިއަކު ލިބިއްޖެނަމަ މިބިމުގެ ރަޖިސްޓަރީ އޮންނަން ވާނީ ރާޢޫތުގެ މަރްހޫމް ފިރިމީހާގެ ނަމުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ