15 އެއަށް ފަހު ފަރީސީން އެތަނުން ދިޔައެވެ. އަދި އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅިއެއްގައި ޖެއްސެވުމަށް ޓަކައި އެބައިމީހުން އެއްވެ ތިބެ ރޭވިއެވެ.
މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.
ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.