Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:13 - ކިތާބުލް މުޤައްދަސާ

13 އެހެންވެ ރަސްގެފާނު އޭނާގެ ބައެއް ނޯކަރުންނަށް ބުނުއްވި. ’⁠މި މީހާގެ އަތާއިފައި ބަނދޭ. މީނާ ބޭރުގެ އަނދިރި ގަނޑުގެ ތެރެއަށް އެއްލާލާ! އެއީ އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ ތަނެއް.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:13
21 ပူးပေါင်းရင်းမြစ်များ  

ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދާތައް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައި ހުރި މުދަލާއި ތަކެތި ގެންދެވިދާނެ.


ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”⁠ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.⁠“⁠‘⁠“


އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.


އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.⁠“


އެ ހިނދު އެ ޚާދިމުގެ ހަށިގަނޑު ކަނޑާ ފޮތިފޮތިކޮށްފަ ދެފުށް ދެގޮތް މީހުން އެއްލާލެވޭ ތަނަށް އެއްލާލެވޭނެ. އެއީ މީސްތަކުން ރޮއި ލިބޭ ވޭނުން ދަތް ކުނޑިވިކަމުން ދާ ތަނެއް.⁠“


މި ބޭކާރު ޚާދިމު ބޭރުގެ އަނދިރި ގަނޑުގެ ތެރެއަށް އެއްލާލާ! އެތަނުގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.⁠‘⁠“


އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.⁠“


އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަދި ހުރިހާ ނަބީންނެއް ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.⁠“


މީނާ ޕައުލް އަޅައިގެން ހުރި ކަމަރު އަތުލާ އޭގެން އޭނާގެ އަމިއްލަ އަތާއި ފަޔާއި ބަނދެފައި އަހަރެމެންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު އަންގަވަނީ ޖެރޫސަލަމުގެ ބަނީއިސްރާއީލު މީހުންގެ ބައެއްވެރިން މި ކަމަރުގެ ވެރިމީހާ ބަނދެލާނެ ކަމުގައޭ. އަދި އެމީހުން އޭނާ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ބަޔަކާ ހަވާލު ކުރާނެ ކަމުގައޭ.⁠“


އިސްތިފާނުގެ މި ވާހަކަތައް އިވުމުން ބަނީއިސްރާއީލުގެ ވެރިން އޭނާ ދެކެ ރުޅިއައިސް ރަތްވިއެވެ.


އެބައިމީހުންނަށް ދެއްވާނޭ ޢުޤޫބާތަކީ ނިމުމެއްނެތް ހަލާކެވެ. އަދި އެބައިމީހުން ވާނީ މާތް ސާހިބާއާއި އެކަލޭގެފާނުގެ ޖަލާލަތުކަމުގެ ބާރުފުޅުން އެއްކިބާ ކުރެވިގެންނެވެ.


މިފަދަ މީހުންނަކީ ފެން ލިބެން ނެތް ވަޅުތަކެއް ފަދަ ބޭކާރު ބައެކެވެ. ނޫނީ ވަޔާއެކު އުދުހިގެންދާ ވިލާގަނޑެއް ފަދަ ބައެކެވެ. އެބައިމީހުންނަށްޓަކައި އިންތިޒާރު ކުރަމުން ދާނީ ނަރަކައިގެ އަނދިރިވެގެންވާ ހިސާބެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


އެބައިމީހުންގެ ލަދުޙަޔާތްކުޑަ އަމަލުތައް ގަދަ ކަނޑުގެ ބިޔަ ރާޅުތަކުން ހަޑި ފޮނުތަކެއް ހެން އަރައެވެ. ހަމައެހެންމެ މިސްރާބުގެއްލިގެން ދާ ތަރިތަކެއްފަދައިން އެއަށް ޚާއްސަ ކުރެވިފައިވާ އެންމެ ފުން އަނދިރިކަމުގެ ތެރެއަށް ވަދެ ފަނާވެގެން ދެއެވެ.


މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ.


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ