Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:12 - ކިތާބުލް މުޤައްދަސާ

12 ރަސްގެފާނު އެމީހާއަށް ބުނުއްވި. ’⁠ރަޙުމަތްތެރިޔާ، ތިބާއަށް މިތަނަށް އައުމުގެ ހުއްދަ ލިބުނީ ކިހިނަކުން؟ ތިބާ ހެދުން އަޅައިގެން ތިޔަހުރީ ކައިވެނީގެ ވަލީމާތަކަށް އެކަށީގެންވާ ހެދުމެއް ނޫން.⁠‘ ނަމަވެސް އެމީހާ އެއްވެސް އެއްޗެއް ނުބުނެ ހަނު ހިމޭނުން ހުރި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:12
13 ပူးပေါင်းရင်းမြစ်များ  

ދެން މޭބިސްކަދުރު ދަނޑުގެ ވެރިޔާ މަސައްކަތްތެރިންގެ ތެރެއިން މީހަކަށް ޖަވާބު ދިން. ’⁠ރަޙުމަތްތެރިޔާ. އަހަރެން ތިޔަބައިމީހުންނަށް މަކަރެއް ނުހަދާން. އަހަރެން ތިޔަބައިމީހުންނަށް އަގު އަދާ ކުރީ އަހަރެމެން އެއްބަސްވި ގޮތުގެ މަތިން.


އީސާގެފާނު ޔުދާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ރަޙުމަތްތެރިޔާ. ތިބާ ކުރަން އައި ކަންތަކާއިގެން ކުރިއަށްދޭ.⁠“ ދެން އެމީހުން އީސާގެފާނުގެ ހަށިކޮޅުގައި ހިފައި ދަމައިގަނެ އެކަލޭގެފާނު ހައްޔަރު ކުރެއްވިއެވެ.


އަހަރެން ތިޔަބައިމީހުންނަށް ބުނަން. ފަރީސީންނާއި އަދި ދީނުގެ އެހެނިހެން ދަންނަބޭކަލުންނަށް ވުރެން ބޮޑަށް ތިޔަބައިމީހުންނަށް ކިޔަމަންތެރިކަން އަދާނުކުރެވޭހާ ހިނދަކު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަކަށް ނުވަދެވޭނެ.⁠“


އެމީހުންގެ ބުއްދި އެކިކޮޅުކޮޅަށް ދަމާގޮތް ހުންނަކަން ތިބާއަށް އެނގެއެވެ. އަދި އެމީހުންގެ އަމިއްލަ ފާފަވެރިކަން އެމީހުންގެ ކުށްވެރިކަމަށް ނިޔާކަނޑައަޅައެވެ.


އެކަލާނގެއަށް ވަފާތެރިވާ ބައެއްގެ ފިޔަވަޅުތައް ރައްކާތެރި ކުރައްވާނެ. ނުބައިވެގެންވީ މީހުން އަނދިރިކަމުގެ ތެރޭގައި ފަނާ ކުރައްވާނެ. އެކަކަށް ވެސް އޭނާގެ އަމިއްލަ ބާރުގައި ކާމިޔާބު ވުމެއް ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ