Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 22:11 - ކިތާބުލް މުޤައްދަސާ

11 ރަސްގެފާނު މެހުމާނުންގެ ތެރެއަށް އައިސް ބަލާލި ހިނދު، ކައިވެނީގެ ވަލީމަތަކަށް އެކަށީގެންނުވާ ފަދަ ހެދުމެއްގައި ހުރި މީހަކު ދުށް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 22:11
25 ပူးပေါင်းရင်းမြစ်များ  

ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”⁠ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.⁠“⁠‘⁠“


ދެން ނޯކަރުން މަގުތަކުގެ ހަތަރު އަނގޮޅިތަކަށް ގޮސް އެމީހުންނަށް ފެނުނު ކޮންމެ މީހަކު އެއްތަން ކުރި. ރަނގަޅު މީހުންނާއި ނުބައި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ. އަދި އެ ކައިވެނީގެ ޖާފަތް އޮތް މާލަން ތެރެއަށް މެހުމާނުން ވަދެ މުޅި ތަން ވަނީ ފުރިފަ.


އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“


ކަލޭމެން ތައުބާގެ ހިނެވުމުން ހިނައިގަތް ހިނދު، ގައިގައި ލީ ހެދުމެއް ފަދައިން، ކަލޭމެންގެ ގައިގައި ވެސް އީސާގެފާނު ހެދުމެއް ފަދައިން ލެވިގެން ދިޔައެވެ.


އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެން ވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


އެކަނބުލޭގެ ލާން ދެވިފައިވާ ކައިވެނީގެ ހެދުން ވަނީ ސާފު ހުދު ލިނެން ފޮތިން.⁠“ އެ ލިނެން ފޮތި ދައްކައިދެނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ހެޔޮ އަމަލުތަކެވެ.


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ