Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:9 - ކިތާބުލް މުޤައްދަސާ

9 އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:9
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖެރޫސަލަމަށް ވަދެވަޑައިގެންނެވި ހިނދު އެ ސަހަރުގައި ތިބި ހުރިހާ އެންމެން ޙައިރާންވެ އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ކޮންބޭކަލެއްބާ؟⁠“


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް އެކަލޭގެފާނު ދެއްކެވި މި މަތިވެރި މުޢުޖިޒާތްޕުޅު ފެނުނެވެ. އަދި ބައިތުލް މަޤްދިސްގެ ތެރޭގައި ތިބި ކުޑަކުދިން މިފަދައިން ގޮވަމުން ގެންދިޔަ އަޑު އެބައިމީހުންނަށް އިވުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނާއި މެދު މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަން!⁠“ މި ހުރިހާ ކަމާކާއި ގުޅިގެން ބޮޑުއިމާމުންނާއި ދީނުގެ އެދުރުބޭކަލުން ރުޅިއައެވެ.


އަހަރެން ބުނަން ތަ؟ ’⁠މާތްރަސްކަލާނގެ ނަންފުޅުގައި އަންނަ ކަލޭގެފާނަށް ބަރަކާތްތެރިކަން ލައްވާށި.⁠‘ މިފަދައިން ކަލޭމެން ބުނުމަށް ދާންދެން ކަލޭމެންނަށް އަހަރެން ނެތް ނުފެންނާނެ.⁠“


އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”⁠އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.⁠“


ދެކިބަލަ. ކަލޭމެންގެ ގެ ތިޔަވަނީ ފަޅުވެފަ. އަހަރެން ބުނަން ތަ؟ ’⁠މަތިވެރި ރަސްކަލާނގެ ނަންފުޅުގައި އަންނަ މީހާއަށް ބަރަކާތް ހުއްޓޭ.⁠‘ މިފަދައިން ކަލޭމެން ނުބުނަނީސް ދެން އަހަރެން ކަލޭމެންނަކަށް ނުފެންނާނެ.⁠“


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ