6 ދެން އެ ދެ އަސްޙާބީން ގޮސް އީސާގެފާނު އިރުޝާދުދެއްވި ފަދައިން އަމަލު ކުރެއްވިއެވެ.
ދެން އަބްރާމް މާތްރަސްކަލާނގެ އެންގެވި ފަދައިން ޙާރާން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އޭރު އަބްރާމްގެ އުމުރުފުޅަކީ ހަތްދިހަ ފަސް އަހަރުފުޅެވެ.
ނޫޙުގެފާނު މާތްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ހުރިހާ ކަމެއް ވެސް ކުރެއްވިއެވެ.
ދެން މޫސާގެފާނު އެތަކެއްޗާއި އެމީހުން ކުރި މަސައްކަތް ބައްލަވައި ލައްވައިފިއެވެ. އެހުރިހާ އެއްޗެއް ވެސް ވަނީ މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވި ފަދައިންނެވެ. އެހެންވެ އެކަލޭގެފާނު އެމީހުންގެ މައްޗަށް ރަޙުމަތްލެއްވުން އެދި ދުޢާ ދެންނެވިއެވެ.
އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ.
”ބަނީއިސްރާއީލުގެ އަހުލުވެރިންނަށް ބުނާށެވެ. ’ނިކަން ބަލާލަބަލަ! ތިޔަބައިމީހުންގެ ރަސްގެފާނު ތިޔަބައިމީހުންގެ ކައިރިއަށް އެވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައި އެވެ. އަދި ދުއްވަމުން ދާނީ ހިމާރެކެވެ. ހަމައެހެންމެ ހިމާރެއްގެ ޅަ އެއްޗެއް ވެސް މެއެވެ.‘“
އެބޭކަލުން އެ ހިމާރާއި އަދި އެ ޅަ ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސްދެއްވި އެވެ. އަދި އެބޭކަލުންގެ ގައިގައި ލެވިފައިވާ ފޮށާތައް ހިމާރުތަކުގެ ބުރަކަށި މަތީ އެޅުމުން، އެ ޅަހިމާރުގެ މައްޗަށް އީސާގެފާނު ސަވާރުވެ ވަޑައިގެންނެވިއެވެ.
ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.
”ޝާއުލްގެފާނު ތިމަން ކަލާނގެ އަކަށް ކިޔަމަނެއް ނުވޭ. އޭނާ ރަސްކަމަށް އިސްކުރެވުނީތީ ދެރަވެއްޖައިން.“ ޞަމޫއީލްގެފާނު ކޯފާވެއްޖެއެވެ. އެހެންވެ މުޅި ރޭގަނޑުގައި ދުޢާ ކުޅައުންމަތީ އެކަލޭގެފާނު އިންނެވިއެވެ.