Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:5 - ކިތާބުލް މުޤައްދަސާ

5 ”⁠ބަނީއިސްރާއީލުގެ އަހުލުވެރިންނަށް ބުނާށެވެ. ’⁠ނިކަން ބަލާލަބަލަ! ތިޔަބައިމީހުންގެ ރަސްގެފާނު ތިޔަބައިމީހުންގެ ކައިރިއަށް އެވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައި އެވެ. އަދި ދުއްވަމުން ދާނީ ހިމާރެކެވެ. ހަމައެހެންމެ ހިމާރެއްގެ ޅަ އެއްޗެއް ވެސް މެއެވެ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:5
39 ပူးပေါင်းရင်းမြစ်များ  

”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


ދާއޫދު ރަސްގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”⁠ތިޔަ ކީއްކުރަން ގެނައި އެއްޗެއްސެއްތަ؟⁠“ ސީބާ ޖަވާބުގައި ދެންނެވިއެވެ. ”⁠ހިމާރުތައް އެއީ މަނިކުފާނާއި އާއިލާގެ މީހުން ސަވާރުވުމަށް. ރޮއްޓާއި ކޭކުތައް އެއީ ކަލޭގެފާނުގެ އަރިހު ބޭކަލުން ފަރިއްކުޅުއްވުމަށް. މޭބިސްކަދުރު ދިޔަ އެއީ ހަނަފަސް ސަހަރާތެރޭގައި މީހަކު ވަރުބަލިވެއްޖެއްޔާ އެމީހަކަށް ދިނުމަށް.⁠“


ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.


މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“


’⁠އޭ ޖުދެއާ ކަރައިގައި އޮތް ބައިތުލަޙަމެވެ! ތިޔަ އަވަށަކީ އަހުމިއްޔަތެއް ނެތް އަވަށެއް ނޫނެވެ. އެހެނީ ތިޔައަވަށުން ތިޔަބައިމީހުންގެ ތެރެއަށް ވެރިޔަކު އަންނާނެއެވެ. އޭނާ ހުއިހައްޕާ މީހެއް ފަދައިން ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންނަށް މަގުދައްކަވާނެއެވެ.⁠‘⁠“


ދެން އެ ދެ އަސްޙާބީން ގޮސް އީސާގެފާނު އިރުޝާދުދެއްވި ފަދައިން އަމަލު ކުރެއްވިއެވެ.


ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ