Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:38 - ކިތާބުލް މުޤައްދަސާ

38 ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:38
16 ပူးပေါင်းရင်းမြစ်များ  

މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’⁠ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.⁠‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާ ވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.⁠“


ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.


އެންމެފަހުން، ދަނޑު ކުއްޔަށް ހިފައިގެންއުޅޭ ދަނޑުވެރިންގެ ކައިރިއަށް ބިމުގެ ވެރިޔާ އޭނާގެ ފިރިހެން ދަރިފުޅު ފޮނުވި. އެއީ އޭނާގެ ފިރިހެން ދަރިފުޅު ކަމަށް ވުމުން އެބައިމީހުން އޭނާއަށް ގަދަރުކުރާނޭ ކަމުގައި ހީވުމުގެ ސަބަބުން.


އެއާއެކު އެމީހުން އޭނާ އަތުލައިގެން މޭބިސްކަދުރު ދަނޑުން ބޭރުކޮށްލައި އަދި މަރާލި.


ނަމަވެސް އެދަނޑު ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އޭނާގެ ދަރިފުޅު އަންނަތަން ފެނުމުން އެމީހުންގެ މެދުގައި މަޝްވަރާ ކޮށްފައި ބުނި. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. މީނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން މިލްކުވާނީ އަހަރެމެންނަށޭ.⁠‘


އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ