Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:37 - ކިތާބުލް މުޤައްދަސާ

37 އެންމެފަހުން، ދަނޑު ކުއްޔަށް ހިފައިގެންއުޅޭ ދަނޑުވެރިންގެ ކައިރިއަށް ބިމުގެ ވެރިޔާ އޭނާގެ ފިރިހެން ދަރިފުޅު ފޮނުވި. އެއީ އޭނާގެ ފިރިހެން ދަރިފުޅު ކަމަށް ވުމުން އެބައިމީހުން އޭނާއަށް ގަދަރުކުރާނޭ ކަމުގައި ހީވުމުގެ ސަބަބުން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:37
13 ပူးပေါင်းရင်းမြစ်များ  

ދެން ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް އޭނާގެ ނޯކަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ނޯކަރުން އެ ދަނޑުވެރިންގެ ކައިރިއަށް ފޮނުވި. މިފަހަރު ވެސް ކަންތައްހިނގީ ކުރީ ފަހަރު ވެސް ކަންތައް ވީ ފަދައިން.


ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


އެހާތަނަށް އެބައިމީހުންގެ ކައިރިއަށް ނުފޮނުވި ހުރީ އެންމެ މީހެއް. އެއީ އޭނާގެ ލޮބުވެތި ދަރިފުޅު. އެންމެފަހުން ދަނޑުގެ ވެރިޔާ އޭނާގެ ދަރިފުޅު އެބައިމީހުންގެ ގާތަށް ފޮނުވީ މިހެން ހީކޮށް: ’⁠ހަމަޔަޤީނުން ވެސް އަހަރެންގެ ދަރިފުޅަށް އެމީހުން އިޙުތިރާމާއި ޤަދަރު ކުރާނެ.⁠‘


މޭބިސްކަދުރު ދަނޑުގެ ވެރިމީހާ ހިތަށް އެރި. ’⁠ދެން އަހަރެން ހަދާނީ ކިހިނެއް ބާވައޭ؟ އަހަރެންގެ ފިރިހެން ދަރިފުޅު ފޮނުވަންވެއްޖޭ. އޭނާއަކީ އަހަރެންގެ ލޯބިވާ ދަރިފުޅޭ. އެހެންވީމާ އެމީހުން ފަހަރެއްގައި އޭނާއަށް ޤަދަރު ކޮށްފާނެ ކަން ނޭނގެ ނޫންހޭ؟⁠‘


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.⁠“


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ