Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:35 - ކިތާބުލް މުޤައްދަސާ

35 ނަމަވެސް އެ ދަނޑުވެރިން އެ ނޯކަރުންގެ ތެރެއިން ފުރަތަމަ ނޯކަރުމީހާއަށް ތަޅާ އަނިޔާކުރި. ދެވަނަ ނޯކަރު މީހާ މަރާލި. ތިންވަނަ ނޯކަރު މިހާގެ ގައިގައި ގަލުން ތަޅައި މަރާލި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:35
23 ပူးပေါင်းရင်းမြစ်များ  

ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.


ދެން ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް އޭނާގެ ނޯކަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ނޯކަރުން އެ ދަނޑުވެރިންގެ ކައިރިއަށް ފޮނުވި. މިފަހަރު ވެސް ކަންތައްހިނގީ ކުރީ ފަހަރު ވެސް ކަންތައް ވީ ފަދައިން.


އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


އެއަށް ފަހު، އެކަންބަޅި ފަސްވަނަ ސިލު ވެސް ކަނޑާލިއެވެ. މާތްރަސްކަލާނގެ އަށް އީމާންވެ އަދި އެކަލާނގެ ވަޙީ ބަސްފުޅާއި ބެހޭގޮތުން ވަފާތެރިކަމާއެކު ހެކިދިނުމުގެ ސަބަބުން މަރާލެވިފައިވީ ފަރާތްތަކުގެ ފުރާނަތައް ޤުރުބާނީ އަށީގެ ދަށުން އަހަރެން ދުށީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ