Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:34 - ކިތާބުލް މުޤައްދަސާ

34 ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:34
20 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެ ދަނޑުވެރިން އެ ނޯކަރުންގެ ތެރެއިން ފުރަތަމަ ނޯކަރުމީހާއަށް ތަޅާ އަނިޔާކުރި. ދެވަނަ ނޯކަރު މީހާ މަރާލި. ތިންވަނަ ނޯކަރު މިހާގެ ގައިގައި ގަލުން ތަޅައި މަރާލި.


ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘


މޭބިސްކަދުރު ބިމުގެ ވެރިޔާ އައިސް އެ ދަނޑު ކުއްޔަށް ހިފައިގެން ތިބި ދަނޑުވެރިންނާއި މެދު އޭނާ އަމަލު ކުރާނީ ކޮންފަދައަކުންކަން ތިޔަބައިމީހުންނަށް އެނގޭތަ؟⁠“


ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠އެ ހިތް ނުބައި މީސްތަކުން ނުބައި ގޮތެއްގައި މަރައިލާނެ. އަދި މޭބިސްކަދުރު ކަނޑާ މޫސުމުގައި އޭނާއަށް އޭނާގެ ޙިއްސާ ދޭނެ ރަނގަޅު ބަޔަކަށް އޭނާ އެދަނޑު ކުއްޔަށް ދޭނެ.⁠“


އެ ކައިވެނީގެ ޖާފަތަށް ބައެއް ފަރާތްތަކަށް ރަސްގެފާނު ދަޢުވަތު ދެއްވި. އެ ކައިވެނީގެ ޖާފަތް ތައްޔާރުވި ހިނދު، މީސްތަކުންނަށް އެކަން އެންގުމަށް ރަސްގެފާނު އޭނާގެ ނޯކަރުން ފޮނުވީ. ނަމަވެސް އެބައިމީހުން އެ ޖާފަތަށް އައުމަށް އިޢުތިރާޒުކުރި.


އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”⁠އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.


ނަމަވެސް މޭބިސްކަދުރު ވެޔޮ ކުއްޔަށް ހިފައިގެން އުޅޭ މީހުން އެކަކު އަނެކަކަށް ބުނަމުން ދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. އޭނާ މަރާލަމާ ހިނގާށޭ، އޭރުން އޭނާގެ މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘


މި ޙާލަތުގައި މޭބިސްކަދުރު ދަނޑުގެ ވެރިޔާ އަމަލުކުރާނީ ކިހިނެއް؟⁠“ އީސާގެފާނު އެބައިމީހުންނާއި ސުވާލު ކުރެއްވިއެވެ. ”⁠ޔަޤީނުން ވެސް ދަނޑުގެ ވެރިމީހާ، ކުއްޔަށްދީފައިވާ މީހުންގެ ގާތަށް ދާނެ. އަދި އެ މީހުން މަރާލާނެ. އެއަށް ފަހު އޭނާ އެ ދަނޑު އެހެންބަޔަކަށް ކުއްޔަށްދޭނެ.


ދެން އެކަލޭގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަން ފެއްޓެވިއެވެ. ”⁠މީހަކު މޭބިސްކަދުރު ދަނޑެއް ހެއްދި. ދެން އެ ދަނޑު މީހަކަށް ކުއްޔަށް ދިން. ދެން އެއަށް ފަހު އޭނާ ވަރަށް ދިގު ދަތުރެއްގައި ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ