މައްތާ 21:33 - ކިތާބުލް މުޤައްދަސާ33 ”އަދި އެހެން މާނަފުން ވާހަކައެއް ވެސް އަހާ! ބިމެއްގެ ވެރިއަކު މޭބިސްކަދުރު ދަނޑެއް ހައްދައި އެ މޭބިސްކަދުރު ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި މޭބިސްކަދުރުގެ ދިޔަ އެޅޭނޭހެން ވަޅުގަނޑެއް ކޮނުނު. އަދި އެތަން ފެންނާނޭހެން ބުރުޒެއް ވެސް ހެދި. ދެން ދަނޑުވެރިންގެ ބަޔަކަށް މި މޭބިސްކަދުރު ދަނޑު އޭނާ ކުއްޔަށް ދިނުމަށް ފަހު އެހެން ޤައުމަކަށް ދިޔަ. အခန်းကိုကြည့်ပါ။ |
މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި!