Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:29 - ކިތާބުލް މުޤައްދަސާ

29 އެ ދަރިފުޅު ޖަވާބުގައި ބައްޕައަށް ބުނި. ’⁠ނޫނެކޭ. އަހަރެން ނުދާނަމޭ.⁠‘ ނަމަވެސް އޭނާގެ ޚިޔާލު ފަހުން ބަދަލުވެ އޭނާ މަސައްކަތަށް ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:29
19 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް ހާރޫނުގެފާނު ގާތު ވިދާޅުވެއްޖެއެވެ. އަދި ދައްކަން ޖެހޭ ހުރިހާ މުޢުޖިޒާތެއްގެ ވާހަކަ ވެސް ވިދާޅުވެއްޖެއެވެ.


”⁠މިކަމާއި މެދު ތިޔަބައިމީހުންގެ ވިސްނުން ހުރީ ކިހިނަކުން: ދެ ފިރިހެން ދަރިން ތިބި މީހަކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރިއަށް ގޮސް ބުނި. ’⁠ދަރިފުޅާއޭ މޭބިސްކަދުރު ދަނޑަށް ގޮސް މިއަދު މަސައްކަތް ކޮށްލައިދޭށޭ.⁠‘


އެއަށް ފަހު ބައްޕަ ހަގުދަރިފުޅު ކައިރިއަށް ގޮސް ދޮށީ ދަރިފުޅުގެ ކައިރީގައި ވެސް ބުނި ފަދައިން ބުނި. ހަގުދަރިފުޅު ޖަވާބުގައި އޭނާގެ ބައްޕައަށް ބުނި. ’⁠އާނއެކޭ. ބައްޕާއޭ އަހަރެން ދާނަމޭ.⁠‘ ނަމަވެސް އޭނާ މަސައްކަތަކު ނުދޭ.


މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟⁠“ ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠ދޮށީ ދަރިފުޅު.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.


އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ