Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:26 - ކިތާބުލް މުޤައްދަސާ

26 ނަމަވެސް އެއީ އިންސާނެއްގެ ފަރާތުން ކަމުގައި އަހަރެމެން ބުނެފިނަމަ މީސްތަކުން ކޮށްފާނޭ ކަމަކާއި މެދު އަހަރެމެން ބިރުގަނޭ. އެހެނީ އެމީހުން އެންމެން ޔަޙުޔާ އަކީ ނަބީބޭކަލެއްކަމުގައި ގަބޫލު ކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:26
17 ပူးပေါင်းရင်းမြစ်များ  

ސަހަރާތެރެއަށް ތިޔަބައިމީހުން ދިޔައީ ކީއްވެ؟ ނަބީބޭކަލަކު ދުށުމަށްތަ؟ ތެދެއް. ޔަޙުޔާގެފާނަކީ ނަބީބޭކަލަކަށް ވުރެން މަތިވެރި ބޭކަލެއް ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން.


ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.


އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”⁠މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.⁠“


ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟⁠“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”⁠އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.


ދެން އެމީހުން އީސާގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެމެންނަކަށް ނޭނގެ.⁠“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންވިއިރު މި ހުރިހާ ކަމެއް ކުރުމަށް އަހަރެންނަށް އަމުރު ދެއްވި ފަރާތެއް އަހަރެން ވެސް ނުބުނާނަން.⁠“


އެހެންވެ އެކަލޭގެފާނު ހައްޔަރު ކުރެވޭނޭ ގޮތަކާއިމެދު އެބައިމީހުން ބަލަމުން ދިޔައެވެ. އެކަމަކު އާންމުން ދެކެ އެމީހުން ވަނީ ބިރުގެންފައެވެ. އެއީ އާންމުން އީސާގެފާނަކީ ނަބިއްޔެއް ކަމަށް ދެކޭތީއެވެ.


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


ދީނުގެ ދަންނަބޭކަލުންނާއި އިސްވެރިން އީސާގެފާނު ހައްޔަރުކުރަން ބޭނުންވިއެވެ. ސަބަބަކީ މިމާނަފުން ވާހަކަފުޅު ވިދާޅުވުމުގައި އެކަލޭގެފާނު ނިސްބަތްކުރެއްވީ އެބައިމީހުންނަށް ކަން އެނގުމުންނެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ސަބަބުން ބިރުން އެކަލޭގެފާނު ދޫކޮށް އެބައިމީހުން ދިޔައީއެވެ.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.


އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.⁠“


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނު ނެތިކޮށްލެވޭނެ ގޮތަކާއި ދޭތެރޭ ވިސްނާ ރާވަމުން ގެންދިޔައެވެ. އެއީ އީސާގެފާނުގެ މައްޗަށް އީމާންވާ މީސްތަކުންގެ އަދަދު ގިނަވެދާނެތީ އެމީހުން ގަންނަ ބިރުގެ ސަބަބުންނެވެ.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ