Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:25 - ކިތާބުލް މުޤައްދަސާ

25 ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟⁠“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”⁠އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:25
24 ပူးပေါင်းရင်းမြစ်များ  

މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުންނާއި އަހަރެން ކުރަން ބޭނުންވަނީ އެންމެ ސުވާލެއް. އަދި އެ ސުވާލަށް ޖަވާބު ދީފިނަމަ މި އަމަލުކުރުމަށް އަހަރެންނަށް އަމުރު ލިބުނީ ކޮން ފަރާތަކުން ކަން ތިޔަބައިމީހުންނަށް ބުނެދޭނަން.


ނަމަވެސް އެއީ އިންސާނެއްގެ ފަރާތުން ކަމުގައި އަހަރެމެން ބުނެފިނަމަ މީސްތަކުން ކޮށްފާނޭ ކަމަކާއި މެދު އަހަރެމެން ބިރުގަނޭ. އެހެނީ އެމީހުން އެންމެން ޔަޙުޔާ އަކީ ނަބީބޭކަލެއްކަމުގައި ގަބޫލު ކުރޭ.⁠“


ނަމަވެސް އެމީހުން މި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އެކަލޭގެފާނު މި ބަލި މީހާ ގެންނަވާ އެމީހާގެ ބަލި ފަސޭހަ ކުރައްވާ ފޮނުވާލެއްވިއެވެ.


އެމީހުން އެމީހުންގެ މެދުގައި މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު އެއެންމެން އެއްބަސްވެ ބުންޏެވެ. ”⁠އަހަރެމެން އެ އަމުރުފުޅަކީ އުޑުން އައި އަމުރުފުޅެކޭ ބުނެފި ނަމަ ޔަޙުޔާގެފާނު ބުނި ބަސްތައް އަހަރެމެން ގަބޫލު ނުކުރީ ކީއްވެތޯ މީނާ ސުވާލު ކުރާނެއޭ.


އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”⁠އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’⁠އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.⁠‘⁠“


މާތްރަސްކަލާނގެ ފޮނުއްވުމުން ޔަޙުޔާގެފާނު ވަޑައިގެންނެވިއެވެ.


މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.


އަދި އަހަރެމެންގެ ޒަމީރު އަހަރެމެން ކުށްވެރި ކުރާނަމަ އެޒަމީރަށް ވުރެން މާތްރަސްކަލާނގެ މާ މަތިވެރިކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެއީ އެންމެހާ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ކަން ވެސް އަހަރެމެންނަށް އެނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ