Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:23 - ކިތާބުލް މުޤައްދަސާ

23 އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”⁠މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:23
12 ပူးပေါင်းရင်းမြစ်များ  

އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“


އޭނާ އެމީހުންގެ ކައިރިއަށް ގޮސް ބުނި. ’⁠އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތްކުރުމަށް ތިޔަބައިމީހުން ގޮސްފިކަމުގައި ވާނަމަ މަސައްކަތާއި އެކަށީގެންވާ އުޖޫރަ އަހަރެން ދޭނަމޭ.⁠‘


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުންނާއި އަހަރެން ކުރަން ބޭނުންވަނީ އެންމެ ސުވާލެއް. އަދި އެ ސުވާލަށް ޖަވާބު ދީފިނަމަ މި އަމަލުކުރުމަށް އަހަރެންނަށް އަމުރު ލިބުނީ ކޮން ފަރާތަކުން ކަން ތިޔަބައިމީހުންނަށް ބުނެދޭނަން.


އީސާގެފާނު ބައިތުލް މަޤްދިސްއާއި ދުރަށް ވަޑައިގަންނަވަން ފެއްޓެވުމުން އެކަލޭގެފާނުގެ އަސްޙާބީން އައިސް ބައިތުލް މަޤްދިސްގައިވާ ޢިމާރާތްތަކަށް އިޝާރާތްކޮށް އެކަލޭގެފާނަށް ދެއްކެވިއެވެ.


އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ.


އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ.


ޕަތަރަސްއާއި ޔޫޙަންނާ މި އެންމެންގެ ކުރިމައްޗަށް ގެނެސް އެމީހުންނާއި ސުވާލު ކުރެވުނެވެ. ”⁠ކަލޭމެން ތިޔަ ކުރި ކަންތައްތައް ތިޔަ ކުރަނީ ކޮންފަރާތަކުން ލިބުނު ބާރަކާއި ހުއްދައަކަށް ތަ؟⁠“


މިއަޑުއަހާ އެދެމީހުންގެ ތެރެއިން ފުރަތަމަ ޒުވާބު ފެށި މީހާ މޫސާގެފާނު ކޮއްޕާލާފައި ބުނި. ’⁠ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ޢައްޔަން ކުރީ ކާކު ހޭ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ