Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:21 - ކިތާބުލް މުޤައްދަސާ

21 އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’⁠މިތަނުން ލުހިގެން ކަނޑަށް ދާށޭ⁠‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:21
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޕަތަރަސް އަށް ވިދާޅުވިއެވެ. ”⁠އާދޭ!⁠“ އެވަގުތު ޕަތަރަސް ދޯނިން ފައިބައި ފެންމަތީގައި ހިނގާފައި އީސާގެފާނުގެ އަރިހަށް ދިއުމަށް ހިނގައިގަތެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


އީސާގެފާނުގެ އަސްޙާބީންނަށް މިތަން ފެނި އިންތިހާއަށް ޙައިރާންވިއެވެ. އަދި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެ ވައްތީނި ގަސް އެހާ އަވަހަށް މިލައި މޯޅިވެ އެދިޔައީ ކިހިނަކުންތޯ؟⁠“


އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.⁠“


ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ