Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:18 - ކިތާބުލް މުޤައްދަސާ

18 އަނެއް ދުވަހުގެ ހެނދުނު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނު ވަނީ ބަނޑުހައިފުޅު ވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:18
6 ပူးပေါင်းရင်းမြစ်များ  

އޭރު ސަބަތުގެ ދުވަހެއްގައި އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގޮވާން ދަނޑެއްގެ ތެރޭގައި ހިންގަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ބަނޑުހައިވެފައި ވާތީ އެ ދަނޑުގެ ގޮވާން ގަސްތަކުގެ ކުރާގަނޑުތަކުން ގޮވާން ބިންދެގެން އެބޭކަލުން ކަމުން ގެންދިޔައެވެ.


އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.


އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ