Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:17 - ކިތާބުލް މުޤައްދަސާ

17 އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:17
16 ပူးပေါင်းရင်းမြစ်များ  

ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.


އީސާގެފާނު ބެތާނިޔާގައި ސިމްޢާނުގެ ގޭގައި ފަރިއްކުޅުއްވަން އިންނެވިއެވެ. އޭނާއަކީ މީގެ ކުރިން ޖުޒާމު ބަލި ޖެހިފައިވީ މީހެކެވެ.


އީސާގެފާނާއި އަސްޙާބީން ޖެރޫސަލަމާއި ކައިރިވަމުން ދިޔައެވެ. އަދި ޒައިތޫނި ފަރުބަދަ މަތިގައިވާ ދެ އަވަށް ކަމުގައިވާ ބެތުފާގޭ އާއި ބެތާނިޔާ އާއި ކައިރީގައިވި ހިނދު އެކަލޭގެފާނުގެ ދެ އަސްޙާބީން އަރިހަށް ގެންނަވާ މިފަދައިން އިރުޝާދު ދެއްވާ ފޮނުއްވިއެވެ. ”⁠ކުރިމަތީގައިވާ އަވަށަށްދޭ. ތިޔަބައިމީހުންނަށް އެ އަވަށަށް ދެވުމާއެކު، އެތަނުގައި ބަނދެފައިވާ ޅަ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން މީހަކު ދަތުރުކޮށްފައިވާ ހިމާރެއް ނޫން. ތިޔަބައިމީހުން ގޮސް އެ ހިމާރު މޮހާލައިގެން މިތަނަށް ގެނޭ.


އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވުމަށް ފަހު ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އަދި ވަށައިގެންވީ އެންމެހާ ތަކެއްޗަށް ބައްލަވާލެއްވިއެވެ. ނަމަވެސް އެވަގުތަކީ ދުވަހުގެ ލަސް ވަގުތެއް ކަމަށް ވާތީ، އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި ބެތާނިޔާ އަށެވެ.


އިރު އޮއްސުމާއެކު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެތަނުން ނުކުމެވަޑައިގެން ރަށުތެރެއަށް ވަޑައިގަތެވެ.


އީސާގެފާނު ބެތާނިޔާގައި ހުންނަ ސިމްޢާނުގެ ގޭގައި ހުންނެވިއެވެ. މި ސިމްޢާނުއަކީ ޖުޒާމު ބަލީގެ ވޭނުގައި މީގެކުރިން އުޅުނު މީހެކެވެ. އީސާގެފާނު ފަރީއްކުޅުވަމުން ގެންދެވިހިނދު ސަންގުމަރުމަރު ހިލައިގެ އަގުބޮޑު އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެފުޅީގެ މަތި ހަލާކު ކޮށްލުމަށް ފަހު އެ ފުޅީގައި ހުރި ހުރިހާ އަތަރެއް އީސާގެފާނުގެ އިސްތަށިފުޅަށް އޮއްސާލިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ދަތުރުކޮށް ވަޑައިގެންނެވި މަގުމަތީގައި ދިމާވި ރަށެއްގައި މަރުތާ އޭ ނަމަކަށް ކިޔާ އަންހެނަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ދަޢުވަތު ދިނެވެ.


އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”⁠ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ.


ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.


ބެތާނިޔާ ވަނީ ޖެރޫސަލަމާ ގާތްގަނޑަކަށް ދެ މޭލު ދުރުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ