Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 21:16 - ކިތާބުލް މުޤައްދަސާ

16 އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 21:16
11 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟


އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”⁠މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި.


ނިޔާވުމަށް ފަހު ދިރިދުނިޔެއަށް އައުމާމެދު މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ފޮތް ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް ކިޔާފައި.


އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ!


އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟


އެދުވަހު މާބަނޑު އަންހެނުންނަށާއި ގާތުން ކިރުދޭ މައިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ. އެދުވަސްވަރު އެރަށުގެ މީހުންނަށް އުނދަގުލާ ހިތާމަ އާއި ކޯފާ ފޮނުއްވޭ ހުށި!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ