މައްތާ 21:13 - ކިތާބުލް މުޤައްދަސާ13 އަދި އެތަނުގައި ތިބި ހުރިހާ އެންމެންނަށް އީސާގެފާނު ވިދާޅުވިއެވެ. ”ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ، ’ތިމަންކަލާނގެ ގެކޮޅަކީ އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވިފައިވާ މުޤައްދަސް ބިނާއެއް‘ ކަމުގައި. ނަމަވެސް ކަލޭމެން ވަގުންގެ ޖަގަހައަކަށް މިތަން ހަދައިފި!“ အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެކަލޭގެފާނު މީސްތަކުންނަށް އުނގަނަވައިދެއްވަން ފެއްޓެވިއެވެ. ”ލިޔެވިގެންވީ މުޤައްދަސް ފަތްފުށްތަކުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ، ’ތިމަންކަލާނގެ ގެކޮޅަކީ އެންމެހާ ޤައުމުތަކުގެ މީސްތަކުންގެ ދުޢާކުރުމުގެ ގެކޮޅުކަމުގައޭ.‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ ހާއްޔަކަށް ހަދައިފި.“