މައްތާ 21:10 - ކިތާބުލް މުޤައްދަސާ10 އީސާގެފާނު ޖެރޫސަލަމަށް ވަދެވަޑައިގެންނެވި ހިނދު އެ ސަހަރުގައި ތިބި ހުރިހާ އެންމެން ޙައިރާންވެ އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ކޮންބޭކަލެއްބާ؟“ အခန်းကိုကြည့်ပါ။ |
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“